މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ އެމް. ޑީ އާމިރު ހޮސައިން (ޕާސްޕޯޓު ނަމްބަރ: 0568353 ބީއެލް)އެވެ.
މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ އެއްވެސް ފަރާތެއް ހުރިނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުގެ ނަމްބަރު 9790163 ށް ގުޅުއްވައި މައުލުމާތު ޙިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެފަރާތުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް