މޯލްޑިވްސް ޕޮލިސް ސަރވިސްގެ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / އުޑުވިލާ، އިޤުބާލް ރިޔާޟް (22އ) އާއި ލ. މާމެންދޫ / ހުދުފަސް، އަޙްމަދު އިނާޒު (27އ) ކަމަށެވެ.
މި ދެ މީހުންނާއިގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ ނަމްބަރު 9911099ށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް