ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ޕީޕީއެމް މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދީފާނެ ކަމުގެ އިޝާރާތެއް، އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ކުރައްވައިފިއެވެ.
ޕީޕީއެމް އޮފީހުގައި ރޭގެ ވަގުތެއްގައި ވަނީ މަޖިލިސް އިންތިޚާބާ ބެހޭ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މި ބައްދަލު ވުމުގައި ރައީސް ޔާމީނު ވެސް ބައިވެރި ވެވަޑައިގެންނެވިއެވެ.
" މިހާރު މަޖިލީހުގައި ތިއްބެވެ މެމްބަރުނަނަށް ފަހަރެއްގަ މާދަމާ ޓިކެޓް ލިބިދާނެ" ނިހާން ވިދާޅުވެފައި ވެއެވެ.
https://twitter.com/ahmed_nihan/status/1067484305629175808
ޕީޕީއެމް މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދީފާނެ ކަމުގެ އިޝާރާތެއް ނިހާން ކުރައްވާފައިވާއިރު އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެމަބަރުން މިހާރުވެސް ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް