ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އޭޝިއަން ރިވިއު އިން އިންޑިއާއާއި ހަވާލާދީ ލިޔެފައިވާ ހަބަރެއްގައވެެ.
"ޗައިނާ ސަރުކާރާއި ފެއަށްޖެހުމަށް ދިވެހި ސަރުކާރުން އެއްބަސްވާނަމަ މި ލޯނު ރާއްޖެއަށް ލިބޭނެ" އޭޝިއަން ރިވިއުގައި ބުނެފައިވެއެވެ.
ބުނެފައިވަނީ އިންޑިއާ އާއި ދިވެހި ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކޮށް ރާއްޖެއަށް އިންޑިއާގެ އަސްކަރީ ފައުޖެއް ދިގު މުއްދަތަކަށް ގެންދިޔުމަށް އެއްބަސްވެ، ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދިނުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މި ލޯނުގެ އިތުރު ތަފްސީލު އަންނަ މަހު 17 ވަނަ ދުވަހުގެ ކުރިން އާއްމުކޮށް އިއުލާން ކުރާނެކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ޗައިނާ އިން ބޮޑެތި އަދަދު ތަކުން ލޯން ނަގާފައި ވެއެވެ. މި ލޯނު އަދާކުރުމަށް ސަރުކާރުން ދަނީ ގޮތްތަކެއް ހޯދަމުންނެވެ. ހޯމަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާއި ބައްދަލު ކުރައްވާފައި ވެއެވެ. މި ބައްދަލު ވުމުުގައި ދިވެހި ރާއްޖެ އާއި އިންޑިއާ ސަރުކާރާއި ދެމެދު އިޤްތަސާދީ ގޮތުންނާއި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމަށް މި ބައްދަލު ވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް