އޮޒިލް އާއި ސަންޗޭޒް ޖެނުއަރީ ޓްރާންސްފާ މާކެޓްގަ ނުވިއްކާނަން –ވެންގާ-

ކުރިއަށް އޮތް ޖެނުއަރީގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި އާސެނަލްގެ ދެ ތަރިން ކަމަށްވާ މިސުތު އޮޒިލް އާއި އެލެކްސިސް ސަންޗޭޒް ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. ވެންގާ މިހެން ބުނި...

28 Nov 2017 | 18:09

ކުރިއަށް އޮތް ޖެނުއަރީގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި އާސެނަލްގެ ދެ ތަރިން ކަމަށްވާ މިސުތު އޮޒިލް އާއި އެލެކްސިސް ސަންޗޭޒް ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ވެންގާ މިހެން ބުނިއިރު، މި ދެ ކުޅުންތެރިން އާސެނަލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމޭއިރު ހަމަ ވާނެއެވެ. އަނެއް ކޮޅުން އާސެނަލް އާއެކު ކޮންޓްރެކްޓް އާ ކުރުމަށް މި ދެ ކުޅުންތެރިންވެސް ދެކޮޅު ހަދާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނާއިރު، ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ވިއްކާ ނުލައިފިނަމަ، އަދި ކޮންޓްރެކްޓް އާ ނުކުރެވިއްޖެނަމަ ހިލޭ ޓްރާންސްފާ އެއްގައި ބޭނުން ކުލަބަކަށް ބަދަލު ވުމުގެ ފުރުސަތު އޮޒިލް އާއި ސަންޗޭޒް އަށް ލިބޭނެއެވެ. އޭރުން ވެގެންދާނީ އާސެނަލްއަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށެވެ.

މި ދިޔަ ޓްރާންސްފާ މާކެޓްގައި ސިޓީއަށް ބަދަލުވާން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް، އުމުރުން 28 އަހަރުގެ ސަންޗޭޒްއަށް އަދިވެސް މެންޗެސްޓާ ސިޓީން ފާރަލަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ. އަނެއް ކޮޅުން އުމުރުން 29 އަހަރުގެ އޮޒިލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާއިންވެސް މަސައްކަތް ކުރާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ހަޑާސްފީލްޑާއެކު ބުދަ ދުވަހު ކުޅޭ މެޗުގެ ކުރިން މީޑިޔާއާ ވާހަކަދައްކަމުން ވެންގާ ބުނީ ގަބޫލު ކުރަން ދަތިކަމެއް ނުހިނގާހާ ހިނދަކު، އޮޒިލް އާއި ސަންޗޭޒް މި ސީޒަން ނިމެންދެން އާސެނަލްގައި މަޑު ކުރާނެކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް