އަލުން އެނބުރި އައިސް އިޓަލީއަށް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް، ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރިކަން މީގެ ދެ ހަފުތާ ކުރިން އިޢުލާނު ކުރި އިޓަލީގެ މަޝްހޫރު ގޯލްކީޕަރ ގިއަންލުއިޖީ ބުފޮން ބުނެފިއެވެ.
1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓަލީ ވޯލްޑްކަޕަށް ކޮލިފައި ނުވެ ކެޓިއިރު، ނޮވެމްބަރު މަހުގެ 13 ވަނަ ސްވިޑަން އަތުން ބަލިވި މެޗަށް ފަހު ރޮވިފައިވާ ހާލު ބުފޮން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާނު ކޮށްފައެވެ.
އެހެންނަމަވެސް ދުނިޔޭގެ ފުޓުބޯޅަ ދުށް އެންމެ ހުނަރުވެރި އެއް ގޯލްކީޕަރ މި ވަނީ އަނެއްކާވެސް އެނބުރި އަހިސްދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.
"ގައުމީ ޓީމުން އަހަރެން ނެގީ ބްރޭކެއް... ޔުވެންޓަސް އާއި ގައުމީ ޓީމުގައި އަހަރެން އަހަރެންގެ ނަފުސު ދެކެނީ ފަހުލަވާނެއްގެ ގޮތުގައި" 39 އަހަރުގެ ގޯލްކީޕަރު ބުންޏެވެ. ބުފޮން އިތުރަށް ބުނީ ގައުމު ދެކެ ވާ ލޯތްބާއެކު، 60 އަހަރު ވިޔަސް، ގައުމީ ޓީމުން ގޮވާލައިފި ގޮވާލުމަކަށް ދުވަހަކުވެސް ދެކޮޅު ނެހެދޭނެކަމަށެވެ.
މީޑިޔާއާ އިތުރަށް ވާހަކަދައްކަމުން، އިޓަލީ ވޯލްޑްކަޕަށް ކޮލިފައި ކޮށްނުދެވި ލަދެއްގައި ބެދި މަގާމުން ވަކިކުރި ކޯޗު ޖިއަން ޕިއޭރޯ ވެންޗޫރާ ކުށްވެރި ކުރުމަށް ބުފޮން ވަނީ ދެކޮޅު ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް