ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމް އިން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން އެންގުމުން އެ ދެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ މި ދެ މެމްވަރުން ޕީޕީއެމް އިން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ޕާޓީން ވަކި ކުރުމުން މި ދެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާއިރު މީގެ ކުރިން ނުވަ މެމްބަރެއްގެ ގޮނޑި މި އުސޫލުގެ މަތިން ވަނީ ގެއްލުވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް