މޯލްޑިވްސް ރޯޑްސް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީގެ) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް މި މަހު ކުރީކޮޅު އައްޔަނު ކުރެއްވި ޝަފާއު ހަސަން އެ މަގާމުން ވަކި ކޮށްފި އެވެ.
އެ މަގާމުން ޝަފާއު ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން ބޯޑުން ކަށަވަރުކޮށްދީފައިވާއިރު އޭނާ އެ މަގާމުން ވަކި ކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަފާއު އައްޔަން ކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޝަފާއު އައްޔން ކުރުމުގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ނިމާލެވެ. ނިމާލް އިސްތިއުފާދެއްވުމުން ޝަފާއު އެ މަގާމަށް އައްޔަން ކުރުމާ ހަމައަށް ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް