އެފްބީއައިގެ ފަރާތުން ހިންގާ ތަމްރީނެއްގައި ބައިވެރިވުމަށް ދެ ފުލުހަކު އިންޑިއާއަށް

އެފްބީއައިގެ ފަރާތުން އިންޑިއާގައި  ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ދެ ފުލުހަކު ދަނީ ބައިވެރިވަމުން ކަމުގައި ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ އިންޑިއާގައި މި ނޮވެމްބަރު މަހުގެ 27 ން ފެށިގެނ...

28 Nov 2017 | 11:07

އެފްބީއައިގެ ފަރާތުން އިންޑިއާގައި  ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ދެ ފުލުހަކު ދަނީ ބައިވެރިވަމުން ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އިންޑިއާގައި މި ނޮވެމްބަރު މަހުގެ 27 ން ފެށިގެން 5  ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދެ ފުލުހުންނަކީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އަޒްމަތު ޢަބްދުﷲ އާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް މަޢުރޫފް ކަމަށެވެ.

“އެފްބީއައި ލާޖް ވެހިކަލް ބޮމްބް ޕޯސްޓް ބްލާސްޓް” ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ބޮމުގެ ހާދިޘާއަކަށްފަހު ތަންފީޒީ އިދާރާތައް ގުޅިގެން އެހާދިޘާ ހިނގާފައިވާ ސަރަޙައްދު ނުވަތަ ކްރައިމް ސީން މެނޭޖްކުރާނެ ގޮތްތައް ކިޔަވައިދީ އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ތަމްރީން ޕްރޮގްރާމެއް ކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް