މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ ސީ ކެޑޭޓުންނަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުމަތީގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގައި ކުރިއަށް ގެންދާ މި ތަމްރީންތަކުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 19 ސީ ކެޑޭޓުން އަންނަނީ ބައިވެރިވަމުން ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޝިޕް ބޯޑިންގ އާއި ބޭސިކް ނެވިގޭޝަން، ސީމަންޝިޕް، ޝިޕް ބޯޑް ޑްރިލްސް، ފަޔަރ ފައިޓިންގ، އަދި ޝިޕްގެ މައިގަނޑު ބައިތައް ހިމެނޭ ކަމަށާއި މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މުދައްރިބުން ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް