ކޮންފަރެންސެއްގައި ބައިވެރިވުމަށް ދެ ފުލުހަކު ޗައިނާއަށް ފުރައިފި

ޗައިނާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ޗައިނާ – ސައުތު އީސްޓް އޭޝިއާ އަދި އަވައްޓެރި ޤައުމުތަކުގެ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ކޮންފަރެސްގައި ބައިވެރިވުމަށް ފުލުހުންގެ ސީނިއަރ ދެ އޮފިސަރަކު ...

28 Nov 2017 | 10:30

ޗައިނާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ޗައިނާ – ސައުތު އީސްޓް އޭޝިއާ އަދި އަވައްޓެރި ޤައުމުތަކުގެ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ކޮންފަރެސްގައި ބައިވެރިވުމަށް ފުލުހުންގެ ސީނިއަރ ދެ އޮފިސަރަކު ޗައިނާއަށް ފުރައިފިއެވެ.

ފުލުހުން ބުނީ ނޮވެމްބަރު މަހުގެ 28 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ބައިވެރިވުމަށް ޗައިނާއަށް ފުރާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ކަމަށާއި މި ދެ އޮފިސަރުންވެސް ޗައިނާއަށް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ޗައިނާގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ނިއު ސައުތު ވޭލްސް ޕޮލިސް ފޯސްގެ ފަރާތުން ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ކޮމާންޑަރުންގެ މަޢުލޫމާތު މުއްސަނދިކުރުމަށާއި ދިމާވާ އިންސިޑެންޓްތަކާއި އެމަޖެންސީތަކުގައި ކަންކަން މެނޭޖްކުރާނެ ގޮތްތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ލޯ އެންފޯސްމަންޓް ދާއިރާތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް