ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު އެ ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރުކަމުން ވަކި ކުރައްވާފައިވާކަން ރައީސް އޮފީހުން ރަސްމީކޮށް ހާމަކޮށް، އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުގެ އިއުލާނަކުން މިކަން އަންގައި ގެޒެޓު ކޮށްފައިވާއިރު ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.
އެންއައިސީގެ ރައީސް ކަމުންނާއި މެމްބަރު ކަމުން މާނިއު ވަކިކޮށްފައިމިވަނީ ފުލުހުންނާ ގުޅޭ ގޮތުން ބޮޑު ތުހުމަތެއް މާނިއު ކުރައްވާފައިވަނިކޮށެވެ.
މާނިއު ވިދާޅުވެފައިވަނީ ކޮމިޝަނުގެ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށްވާނަމަ ގާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރާނެ ކަމަށާއ ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެއް އެ ކޮމިޝަނުގައި އެބަހުރި ކަމަށެވެ. އަދި އެމައްސަލަތައް ބެލުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް