ބޮބީ ޑިއޯލްގެ މި ފޮޓޯ އިންޓަނެޓު ފަތަހަ ކޮށްފި !

ބޮލީވުޑް ވެޓަރަން ތަރި ދަރުމެންދުރާގެ ދަރި ބޮބީ ޑިއޯލްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ޑީޖޭއެއްގައި ތަކުރާރުކޮށް އޭނާގެ ލަވައެއް ޖަހައިގެން ފުލުހުން ގޮސް އޭނާ ހުއްޓުވި ހަބަރެވެ. އެއީ މިދިޔަ އަހަރު...

28 Nov 2017 | 09:37

ބޮލީވުޑް ވެޓަރަން ތަރި ދަރުމެންދުރާގެ ދަރި ބޮބީ ޑިއޯލްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ޑީޖޭއެއްގައި ތަކުރާރުކޮށް އޭނާގެ ލަވައެއް ޖަހައިގެން ފުލުހުން ގޮސް އޭނާ ހުއްޓުވި ހަބަރެވެ. އެއީ މިދިޔަ އަހަރު އިވުނު ހަބަރެކެވެ.

އެއަށްފަހު މި ތަރި ވަނީ "ބަހަބަރު" ވެފަ އެވެ. 2013 އިން ފެށިގެން ފިލްމީ ދާއިރާއިން ގެއްލުނުވެސް މެ އެވެ. އެނބުރި މި އަހަރު ފިލްމީ ދާއިރާއަށް އައި ނަމަވެސް އެ ފިލްމަށް މާކަ ބޮޑު ސަމާލުކަމއް ލިބިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ރޭސް 3 ގައި ބޮބީ ފެންނާނެ ކަން އޮތީ ކަށަވަރުވެފަ އެވެ. އެ ފިލްމަކީ ސަލްމާން ޚާންވެސް ފެނިގެންދާނެ ފިލްމެކެވެ.

ރޭސް ތިނެއްގައި ބޮބީ ފެންނާނެކަން ކަށަވަރުވެފައިވަނިކޮށް ކުއްލިއަކަށް ބޮބީ މިވަނީ އޭނާގެ ސަޕޯޓަރުން ސިއްސުވާލާ ވަރުގެ ފޮޓޯއެއް ޓްވީޓްކޮށް މުޅި އިންޓަނެޓު ފަތަހަ ކޮށްފަ އެވެ.

ޕާޓީ ލައިފަށް ލޯބިކުރާ ބޮބީއަކީ ދުވަހަކުވެސް ޖިމަށް ގޮސް ފިޓްނަސް ކަންތަކާ އުޅުނު މީހެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް ޓްވިޓާގައި އޭނާ އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ބޮބީ ބުނެފައިވަނީ އެ ބަދަލަކީ ސަލްމާން ޚާން އެކަމަށް ހިތްވަރު ލާދިނުމުން ގެނެވުނު ބަދަލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް