ރާއްޖެ އިންޑިއާ އަދި ސްރީ ލަންކާ ހިމެނޭ މި ސަރަހައްދުގައި އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ތޫފާނެއް އުފެދިދާނެ ކަމަށް އިންޑިއާގެ ރީޖަނަލް މީޓިއޮރޮލިކަލް ސެންޓަރުން އަންދާޒާ ކޮށްފި އެވެ.
މިކަމުގެ މައުލޫމާތު ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ޝާއިޢު ކޮށްފައިވާއިރު ބުނެފައިވަނީ މި އަހަރު މިހާތަނަށް ތިން ފަހަރަކަށް ތޫފާނެއްގެ އަސަރު ކޮށްފާނެ ކަމުގައި ބެލެވުނު ނަމަވެސް ބޯކޮށް ވާރޭ ވެހިފައިވަނީ އޭގެ ތެރެއިން އެންމެ ފަހަރަކު ކަމަށެވެ. ނަމަވެސް މިހާރު އިތުރު "ވެދަރ ސިސްޓަމެއް" ބޭ އޮފް ބެންގާލް ސަރަހައްދުގައި އުފެދެމުން އަންނަ ކަމަށާއި ސައިކްލޯން އެއްގެ ސިފައިގާ އެ ސިސްޓަމް ޑިސެމްބަރު މަހުގެ ހަތަރެއް ހިސާބުގައި ލަންކާ އާއި އިންޑިއާގެ އިރު އުތުރުގެ ސަރަހައްދަށް އަދި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ފޯރުން އެކަށީގެންވާކަމަށް ބުނެފައި ވެ އެވެ.
އަދި މިއީ ކޮށްފައިވާ އަންދާޒާއެއް ނަމަވެސް ބުނެފައިވަނީ އުފެދެމުން އަންނަ އެ ކޮޅިގަނޑު އިތުރަށް މޮނިޓަރ ކޮށްގެން ނޫނީ އެ ސިސްޓަމް ދަތުރު ކުރާނެ މިސްރާބު އަދި ކަށަވަރު ނުކުރެވޭނެ ކަށެވެ. އެ ސައިކްލޯން ތަމިލް ނާޑޫ އާއި ދިމާއަށް ދިއުންވެސް އެކަށީވެންވާކަމަށާއި އަދި އިންޑިއާގެ އަންދުރަ ޕްރަދޭޝް އާއި ދިމާއަށް ދިއުންވެސް އެކަށީގެންވާކަމަށް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް