ހުކުރު މިސްކިތް ސަރަހައްދުގައި ލައިބްރަރީއެއް، ލުއި ކެއުންތަކާއި ބުއިންތައްވެސް ލިބޭގޮތަށް: ހައުސިން

ހުކުރު މިސްކިތް ސަރަހައްދުގައި ގާއިމްކުރަނީ އޯޕަން ލައިބްރަރީއެއް ކަމަށާއި އެތަން ތަރައްގީ ކުރަނީ ލުއި ކެއުންތަކާއި ބުއިންތައްވެސް ލިބޭގޮތަށް ކަމުގައި ހައުސިން މިނިސްޓްރީން ބުނެފި އެވެ. ހައުސިން މިނިސ...

28 Nov 2017 | 04:34

ހުކުރު މިސްކިތް ސަރަހައްދުގައި ގާއިމްކުރަނީ އޯޕަން ލައިބްރަރީއެއް ކަމަށާއި އެތަން ތަރައްގީ ކުރަނީ ލުއި ކެއުންތަކާއި ބުއިންތައްވެސް ލިބޭގޮތަށް ކަމުގައި ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިހެން ބުނެފައިވަނީ އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ހަސަން ވަހީދު ޕީއެސްއެމްއަށް ދެއްވާފައިވާ އިންޓަވިއުއެއްގަ އެވެ.

އޭނާ ވިދާޅުވެފައިވަނީ ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ތަރައްޤީކުރުމަށް ނިންމާފައިވަނީ ކެފޭއެއް ނޫންކަމަށާއި ސްކޫލް ދަރިވަރުންނާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޮތްކިޔާލަން ތިބެވޭނެ އޯޕަން ލައިބްރެރީއެއްކަމަށެވެ. އެހެންނަމަވެސް އިތުރު ދިރާސާތަކެއް ކުރުމަށް އެ މަސައްކަތް މިވަގުތަށް މަޑުޖައްސާލާފައިވާކަމަށް ޙަސަން ވަޙީދު ވިދާޅުވެފައި ވެ އެވެ.

"ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ތަރައްޤީ ކުރުމަށް ޕްލޭންކޮށްފައިވަނީ ޒަމާނީ ފެންވަރަށްކަމަށާއި، އެ މަސައްކަތް ކުރާނީ އެ ސަރަހައްދުގެ ތާރީޚާ ތަރިކައަށް އެއްވެސް އުނިކަމެއް ނާންނާނެގޮތަށްކަަމަށްވެސް ޙަސަން ވަޙީދު ވިދާޅުވިއެވެ. އެނާ ވިދާޅުވީ ދެ ފަންގިފިލާއަށް ތަރައްޤީކުރާ މި ލައިބްރަރީގެ މަތީ ފަންގިފިލާ ޚާއްޞަކުރަނީ ކިޔަވާ ކުދިންނަށް ފޮތްކިޔަން ތިބޭއިރު، ލުއި ކެއުންތަކާއި ބުއިންތައް ލިބޭނެގޮތަށްކަމަށާއި، އެއީ ކެފޭއެއް ނުވަތަ ރެސްޓޯރަންޓެއް ނޫންކަމަށް. އަދި އެތަން ތަރައްޤީކުރަނީ ހެރިޓޭޖް ޑިޕާޓްމަންޓްގެ މަޝްވަރާއާއި އެކުކަމަށްވެސް ޙަސަން ވަޙީދު ވިދާޅުވިއެވެ." ޕީއެސްއެމްއިން ރިޕޯޓް ކޮށްފައި ވެ އެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ އެތަން ތަރައްޤީ ކުރަނީ ސްކޫލް ކުދިންނާ އޮފީސްތަކުގެ މުވައްޒަފުންގެ އިތުރުން ޢާންމުން ނުވަތަ އުމުރުން ދުވަސްވީ މީހުންނަށްވެސް ހިތަފަސޭހަގޮތަށް ކަމަށެވެ.

"ވަރަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ނިންމާފައިވަނީ އެތަނުގެ އެއްވެސް ތާރީހީ އަދި ތަރިކައަށް ގެއްލުން ނުވާގޮތަށް. އެއްވެސް ގަހެއްވެސް ނުކަނޑާނެ. އޯޕަން ލައިބްރަރީއެއްގޮތަށް. ބަދިގެ އެއްވެސް އެތަނުގައި ނުހުންނާނެ. ނޫސް އަދި ފޮތް ކިޔާލަން މަޑުކޮށްލައިގެން ތިބޭއިރު، ރިފްރަޝްމަންޓް ލިބޭނެ ގޮތަށް." ޙަސަން ވަޙީދު ވިދާޅުވެފައި ވެ އެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި ސްކޫލް ކުދިންނަށް ފޮތްކިޔަން ތިބެވޭ ޕާކް ތަކެއް ތަރައްޤީކުރުމަށް ނިންމަވާ ރައިސް ޔާމީން ޢިޢުލާން ކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް