އުތުރުގެ 11 ރަށެއްގައި ބޭއްވި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ނިންމާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން އުތުރުގެ 11 ރަށެއްގައި ބޭއްވި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް މިއަދު ނިންމާލައިފި އެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި އާންމު ރ...

27 Nov 2017 | 23:58

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން އުތުރުގެ 11 ރަށެއްގައި ބޭއްވި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް މިއަދު ނިންމާލައިފި އެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިިގެންދިޔަ މި ސައިލެންޓް ޑްރިލް ހަރަކާތްތައް ބާއްވާފައި ވަނީ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން އެންއެންޑީއެފްގެ ސައިލެންޓް ޑްރިލް ޓީމު ސައިލެންޓް ޑްރިލް ހަރަކާތްތައް ބާއްވާފައި ވަނީ ހއ.އުތީމު، ހއ.ދިއްދޫ، ހއ. ބާރަށް، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ހއ. ހޯރަފުށީގެ އިތުރުން ހއ. ކެލާ، ހދ. މަކުނުދޫ އަދި ށ. ކޮމަންޑޫ، އާއި ށ.މިލަންދޫގަ އެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ދައްކާލުމަށްޓަކައި ސައިލެންޓް ޑްރިލް ޓީމް އުތުރުގެ ބައެއް ރަށްރަށަށް ކުރި މި ޒިޔާރަތުގައި އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެ ޓީމަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ޚާއްޞަ ގޮތެއްގައި ރަށްރަށުގެ ކައުންސިލް ތަކުން ވަނީ އެމްއެންޑީއެފްގެ ސައިލެންޓް ޑްރިލް ޓީމަށް ވަަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފް ސައިލެންޓް ޑްރިލް ޓީމު އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި އެޓީމުގެ މެމްބަރުން ވަނީ ބައެއް ރަށްރަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބި ގޭގެއަށް ޒިޔާރަތްކޮށް އެކުދިންނާ ބައްދަލުކޮޮށް ފޮޓޯ ނެގުމުގެ ފުރުޞަތު ދީފައެވެ. މިގޮތުން ހއ. ދިއްދޫ އަދި ހއ. އިހަވަންދޫއަށް ކުރި ޒިޔާރަތުގައި އެރަށްރަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބި ގޭގެއަށް ސައިލެންޓް ޑްރިލް ޓީމު ޒިޔާރަތްކޮށްފައި ވެއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި ޤައުމީ ދުވަހާ ގުޅިގެން އެމްއެންޑީއެފް ޑްރިލް ޓީމު އުތުރުގެ ބައެއް ރަށްރަށަށް ކުރި ދަތުރުގައި ޤައުމީ ލަވަ ހިމެނޭ ޕެންޑްރައިވްތަކެއް ބައެއް ރަށްރަށުގެ މުއައްސަސާތަކަށް ހަދިޔާކުރިއެވެ.

ސައިލެންޓް ޑްރިލްގެ ހަރަކާތްތަކަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މި ހެވިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތްތައް ކުރަމުން ދާނީ ވަކި ސީކުއެންސަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް