ކޮރަޕްޝަނާ ގުޅޭ މައުލޫމާތު ހާމަކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ދޭން ސައުދީން ނިންމައިފި

ކޮރަޕްޝަނާއި ގުޅޭ މައުލޫމާތު ހާމަކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް އެކުލަވާލާފައިވާ ޑްރާފްޓެއް ސައުދީގެ ޝޫރާ ކައުންސިލުން ފާސްކޮށްފި އެވެ. އެ ކައުންސިލުން އިއްޔެ ފާސްކުރި އެ ޑްރާފްޓްގ...

27 Nov 2017 | 23:37

ކޮރަޕްޝަނާއި ގުޅޭ މައުލޫމާތު ހާމަކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް އެކުލަވާލާފައިވާ ޑްރާފްޓެއް ސައުދީގެ ޝޫރާ ކައުންސިލުން ފާސްކޮށްފި އެވެ.

އެ ކައުންސިލުން އިއްޔެ ފާސްކުރި އެ ޑްރާފްޓްގައި ބުނެފައިވާގޮތުން ކޮރަޕްޝަނާ ގުޅޭ މައުލޫމާތު ހާމަކުރާ ފަރާތާއި އެ ކަމަކާއި ގުޅޭ ހެކިންނާއި އަދި އެކަމާއި ބެހޭގޮތުން ލަފާދޭ ތަޖުރިބާކާރުންގެ މައުލޫމާތުވެސް ރައްކާ ކުރަން ޖެހެ އެވެ. އަދި އެ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަންވެސް ދޭން ޖެހެ އެވެ.

ސައުދީގެ ޝޫރާ ކައުންސިލުން މި ޑްރާފްޓް ފާސްކޮށްފައިވާއިރު ސައުދީގައި ކޮރަޕްޝަނާއި ގުޅޭ ބޮޑެތި މައްސަލަތަކެއް މިހާރުވެސް އަންނަނީ ބަލަމުންނެވެ. އަދި އިއްޔެ ފާސްކުރި މި ޑްރާފްޓްގެ ސަބަބުން އިތުރު ކަންތައްތަކެއް ފެންމަތިވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމުގައި މުރާސިލުން ދެކެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް