ޕާކިސްތާނުގެ އަންހެނަކާއި އޭނާގެ ދެ އަންހެން ކޮއްކޮ އިން 200 ފިރިހެނުންނާއި ބަޑި ހަނގުރާމަކޮށް ކާމިޔާބު ހޯދި ގޮތުގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "މައި ޕިޔޯ ލޭންޑް" އޮސްކާއަށް ނޮމިނޭޓް ވެއްޖެ އެވެ.
މި ފިލްމު ނޮމިނޭޓްވެފައިވަނީ ފޮރިން ލޭންގުއޭޖްގެ ކެޓަގަރީންނެވެ.
މި ފިލްމުގައި ދައްކުވައިދެނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ރެއެއްގައި ނާޒޯ ދަރޭޖޯ (ޕާކިސްތާނުގެ އެންމެ ވަރުގަދަ އަންހެނާ) އަދި އޭނާގެ ދެ އަންހެން ކޮއްކޮ 200 މީހުންނާއި ބަޑި ހަނގުރާމަކުރި ގޮތުގެ ވާހަކަ އާއި އެ ހަނގުރާމައިގާ އެ ތިންބެއިން ކާމިޔާބު ހޯދި ގޮތުގެ ވާހަކަ އެވެ.
https://www.youtube.com/watch?v=rdY8bKCVIC0
ނާޒޯ ދަރޭޖޯ އާއި އޭނާގެ އަންހެން ދެ ކޮއްކޮއަށް އެ ހާދިސާއާއި ކުރިމަތިލާން ޖެހުނީ އޭނާގެ ބައްޕަ ނިޔާވި އެމީހުންގެ ބައްޕަ ނިޔާވި އިރު އެމީހުންގެ ބައްޕަގެ ފިރިހެން ދަރިއަކު ނެތުމުންނާއި އެމީހުންގެ ކާފަގެ އެތައް ބައިވަރު ފިރިހެން ދަރިންތަކެއް ތިބުމުން ކާފަދަރިން ނާޒޯގެ ބައްޕަގެ ބިމާއި މުދަލަށް ދަހިވެތިވެ އެ ބިމާއި މުދާ އަތުލުމަށް ހަތިޔާރާއެކު އެ ގެއަށް ދިއުމުންނެވެ.
ނާޒޯ އަދި އޭނާގެ އަންހެން ދެ ކޮއްކޮ އޭކޭ 47 މަރުކާގެ ބަޑިއާއެކު ފުރާޅަށް އެރީ ނާޒޯގެ ފިރިމީހާ އެކަން އެގޮތަށް ނުކުރުމަށް ގޮވަ ގޮވާ އޮއްވަ އެވެ. އެ ހާދިސާއަށްފަހު ނާޒޯއަށް ވަނީ "ޕާކިސްތާނުގެ އެންމެ ވަރުގަދަ އަންހެނާ"ގެ ލަގަބު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް