ޓްވިޓާއިން ނިއުޔޯކް ޓައިމްސްގެ ޓްވިޓާ އެކައުންޓް 24 ގަޑިއިރަށް ބްލޮކް ކޮށްފި

ނިއުޔޯކް ޓައިމްސްގެ ޓްވިޓާ އެކައުންޓެއް 24 ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ޓްވިޓާއިން ބްލޮކް ކޮށްފި އެވެ. ބްލޮކް ކުރީ ނިއުޔޯކް ޓައިމްސްގެ ދުނިޔޭގެ ހަބަރުތައް ގެނެސްދޭ ޓްވިޓަރ އެކައުންޓް @nytimesworld...

27 Nov 2017 | 22:04

ނިއުޔޯކް ޓައިމްސްގެ ޓްވިޓާ އެކައުންޓެއް 24 ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ޓްވިޓާއިން ބްލޮކް ކޮށްފި އެވެ.

ބްލޮކް ކުރީ ނިއުޔޯކް ޓައިމްސްގެ ދުނިޔޭގެ ހަބަރުތައް ގެނެސްދޭ ޓްވިޓަރ އެކައުންޓް @nytimesworld އެވެ. މި އެކައުންޓް ބްލޮކް ކޮށްފައިވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޭޑޯ އާއި ބެހޭގޮތުން އެ ނޫހުގައި ޝާއިޢު ކުރި ހަބަރެއް ޓްވީޓް ކުރި ވަގުތުން ފެށިގެންނެވެ.

މިކަމާއި ބެހޭގޮތުން ޓްވިޓާއިން ބުނެފައިވަނީ އެކަމަކީ ޓްވިޓާގެ އެޖެންޓަކު ކުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދިމާވި ދަތިތަކަށް ނިއުޔޯކް ޓައިމްސް ކިބައިން މައާފަށް އެދޭ ކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް ޓްވިޓާއިން ހާމަކޮށްފައި ނުވާއިރު މި މަހުގެ ކުރީކޮޅު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް 11 މިނެޓަށް ބްލޮކް ކުރި އެވެ. ޓްވިޓާއިން ބުނެފައިވަނީ އެކަން ކޮށްފައިވަނީ އިސްތިއުފާ ދީފައިވާ މުވައްޒަފަކު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް