މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ޕައިޑް ޓަމަރިން ނަމަކަށް ކިޔާ، ރާމާ މަކުނު އާއިލާއަށް ނިސްބަތްވާ ޖަނަވާރެކެވެ. މި ޖަނަވާރަކީ ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ.
މި ފޮޓޯއަކީ އިނގިރޭސި ފޮޓޯގްރާފަރެއް ކަމުގައިވާ ޓިމް ފްލެޗް އޭނާ ދާދިފަހުން އާންމުކުރި ފޮތެއްގައި ޝާއިޢު ކޮށްފައިވާ ފޮޓޯތަކެކެވެ.
އެ ފޮޓޯތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ނެތި ހިނގަދާނެ ކަމުގެ ބިރު ހީވެފައިވާ ބައެއް ޖަނަވާރުތަކުގެ ފޮޓޯ ވަނީ ހިމަނާފަ އެވެ.
އޭނާ ބުނެފައިވަނީ މި ފޮޓޯތައް ނެގުމުގެ މަގްސަދަކީ އަދި ފޮތެއް އާންމު ކުރުމުގެ މަގްސަދަކީ ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކާއި ބެހޭގޮތުން އިންސާނުން ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި އެތަކެތި ނެތި ދިޔުމުގެ ޒިންމާ އުފުލަން ޖެހެނީ ހަމަ އަހަރެމެން އިންސާނުން ކަމުގައިވެސް އޭނާ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް