ނިއުއަށް ލީގު ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކްލަބަށް އެންމެ ޕޮއިންޓެއް ލިބުމާއެކު ލީގު ލިބުމުގެ ފުރުސަތު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބޮޑުވެއްޖެ އެވެ. ގައުމީ ފުޓްބޯޅަ ދަނ...

28 Nov 2015 | 17:06

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކްލަބަށް އެންމެ ޕޮއިންޓެއް ލިބުމާއެކު ލީގު ލިބުމުގެ ފުރުސަތު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބޮޑުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު އީގަލްސްއާއި ޓީސީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ލީގުގެ އެއްވަނައިގައި 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓް އެވެ. 13 މެޗުން ލިބުނު 28 ޕޮއިންޓާއެކު ދެވަނައިގައި ޓީސީ އޮތްއިރު، ތިންވަނައިގައި އޮތް މާޒިޔާއަށް 12 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އީގަލްސްއަށް 13 މެޗުން ލިބުނު 21 ޕޮއިންޓާއެކު އޮތީ ލީގުގެ ހަތަރު ވަނައިގައެވެ.

ލީގުގައި މިހާރު ނިއު އާއި މާޒިޔާ ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗުން ނިއު މޮޅުވެއްޖެނަމަ، އެޓީމަށް ލީގު ކަށަވަރުވާނެ އެވެ. ލީގުގެ ފަހު މެޗުގައި ނިއު ނުކުންނަން ޖެހޭނީ ދެވަނައިގައި އޮތް ޓީސީއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް