ލޮރީއަކުން ކަރަންޓު ބޯޑެއްގައިޖެހި ކަރަންޓު ހިނގައްޖެ

ލޮރީއަކުން ޖެހި ކަރަންޓު ދިއުމުގެ ސަބަބުން މާލޭގެ ބައެއްގެތަކުން ކަރަންޓު ހިނގައްޖެއެވެ. މާލޭ އެންދެރިމާގެ ގޯޅީގައި ހުރި ކަރަންޓު ބޯޑެއްގައި ލޮރީއިން ޖެހުމުގެ ސަބަބުން ކަރަންޓު ބޯޑެއްގެ މަތިގަނޑު ނެއް...

28 Nov 2015 | 15:57

ލޮރީއަކުން ޖެހި ކަރަންޓު ދިއުމުގެ ސަބަބުން މާލޭގެ ބައެއްގެތަކުން ކަރަންޓު ހިނގައްޖެއެވެ.

މާލޭ އެންދެރިމާގެ ގޯޅީގައި ހުރި ކަރަންޓު ބޯޑެއްގައި ލޮރީއިން ޖެހުމުގެ ސަބަބުން ކަރަންޓު ބޯޑެއްގެ މަތިގަނޑު ނެއްޓި ކޭބަލްތައްވަނީ ބޭރަށް ނުކުމެފައެވެ.

މި ހާދިސާގެ ސަބަބުން  ބްރޭކަރެއް ހަލާކުވެ ބައެއް ގެތަކުން ކަރަންޓު ދިޔަނަމަވެސް މިހާރު ވަނީ ބްރޭކަރު ބަދަލުކޮށް އަލުން ކަރަންޓު ފޯރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލައާގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮއްފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް