ބިޔަރު ބޯން ތިބި ބަޔަކު ކ ގުރައިދޫން ހައްޔަރުކޮށްފި

ބިޔަރު ބޯން ތިބިކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ކ. ގުރައިދޫން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގ...

28 Nov 2015 | 15:20

ބިޔަރު ބޯން ތިބިކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ކ. ގުރައިދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދެ ފިރިހެނެއް ކަމަށެވެ.  މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިޔަރު ބޯންތިބިކަމަށް ތުހުމަތުކުރެވިގެން މި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 13:50 ހާއިރު ގުރައިދޫ ބޯޓް ޔާޑް ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.

"މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި އެމީހުން ހަށިގަނޑާއި އެމީހުން އެވަގުތު ތިބި ތަން ބަލައިފާސްކުރިއިރު އެމީހުން އެވަގުތު ތިބިތަނުން ދެ ދަޅު ބިޔަރު ފެނިފައިވޭ" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 3 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް