ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ބުރުގައި އިއްޔެ ކުޅުނު ދެ މެޗު، މޯލްޑިވްސް ރެކްރިއޭޝަން ކުލަބު (އެމްއާރްސީ) އާއި ޕޮލިސް ކްލަބުން ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
އެމްއާރްސީން އިއްޔެ ހަވީރު ކުޅުނު މެޗު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް، ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ސެޓުތައް އެމްއާރުސީން ކާމިޔާބުކުރީ 29-27، 25-15 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްއާރުސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.
ޕޮލިސް ކްލަބް ދެވަނަ ބުރުގައި ރޭ ކުޅުނު މެޗު ކާމިޔާބުކުރީ، ސްޕޯޓްސް ކްލަބު ސިޓީއާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ސެޓުތަށް ޕޮލިސް ކްލަބުން ގެންދިޔައީ، 25-13، 25-15 އަދި 25-16 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ޙަސަން ނިލާމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް