އަންނަ ޖެނުއަރީގައި ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލު ކުރަނީ

ލ.ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާކަމަށާއި އަންނަ ޖަނަވަރީ މަހުން ފެށިގެން އެ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނ...

28 Nov 2014 | 15:48

ލ.ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާކަމަށާއި އަންނަ ޖަނަވަރީ މަހުން ފެށިގެން އެ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މިނިސްޓްރު ވިދާޅުވީ އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރި ނަމަވެސް މިހާރުވެސް ކުރިއަށްދާ ޑޮމެސްޓިކް  އޮޕަރޭޝަންތައް ކުރިއަށް ދާނެ ކަމަށާއި އެ އެއާޕޯޓު އިތުރަށް ތަރައްގީވެ ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ ޖަނުއަރީ 1 ގައި ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލު ކުރެވޭތޯ، ކައްދޫ އެއާޕޯޓަށް ތަރައްގީގެ ބޮޑެތި ކުރިއެރުންތަކެއް އަންނާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަސްކަރީ އެއާޕޯޓަކަށް ބަދަލުވުމުން އެމްއެންޑީއެފް އިން ބޭނުންކުރާ ހުރިހާ ހެލިކޮޕްޓަރުތައް ވެސް އެތަނަށް ބަދަލުކުރާނެ ކަމަށާއި އެއެއާޕޯޓުގައި ބޭނުންކުރާ ވައިގެ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލު ކުރުމުން އިތުރު ވަޒީފާގެ ފުރުސަތު ތަކެއްވެސް ހުޅުވިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް