ފުރަތަމަ ފަހަރަށް ތިން ހާން އެކުގައި ޓީވީން ފެންނަނީ

ބޮލީވުޑްގައި އެންމެ މަޝްހޫރު ތިން ހާނުން ކަމަށްވާ ޝާރުކް ހާންއާއި އާމިރް ހާން އަދި ސަލްމާން ހާން އެކުގައި މިހާތަނަށް ޓީވީ ޝޯއަކުންވެސް ފިލްމަކުންވެސް އަދި ހަފްލާއަކުންވެސް ފެނިފައެއް ނުވެއެވެ. ނަމަވެސ...

28 Nov 2014 | 12:09

ބޮލީވުޑްގައި އެންމެ މަޝްހޫރު ތިން ހާނުން ކަމަށްވާ ޝާރުކް ހާންއާއި އާމިރް ހާން އަދި ސަލްމާން ހާން އެކުގައި މިހާތަނަށް ޓީވީ ޝޯއަކުންވެސް ފިލްމަކުންވެސް އަދި ހަފްލާއަކުންވެސް ފެނިފައެއް ނުވެއެވެ.

ނަމަވެސް މިފަހަކަށް އައިސް ތިން ހާން ގެ ދެމެދުގައި އުފެދިފައިވާ އެކުވެރިކަމުގެ ސަބަބުން ތިން ތަރިން އެކުގައި ފެނުމުގެ ނަސީބު ސަޕޯޓަރުންނަށް މިވަނީ ލިބެން ކައިރިވެފައި އެވެ. ސަލްމާންއާއި ޝާރުކްގެ ދެމެދު އުފެދިފައިވާ ހިތްހަމަ ނުޖެހުންތައް ރަހުމަތްތެރި ކަމަށް ބަދަލުވެފައިވަނީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ހާންގެ ކައިވެންޏަށް ފަހު އެވެ. އޭނާގެ ކައިވެނި ހަފްލާގެ ވަގުތު ޝާރުކަށް ނުދެވުނަސް ފަހުން ވެސް އަދި ކައިވެނީގެ އެއް ރޭ ކުރިންވެސް ވަނީސަލްމާންގެ އާއިލާއާއި ބައްދަލު ކޮށްފައި ވެއެވެ. އަދި އާމިރު ވަނީ ސަލްމާންގެ ކޮއްކޮގެ ކައިވެނި ހަފްލާގައި ބައިވެރިވެފައި އެވެ.

އޭގެ ފަހުން އުފެދުނު އެކުވެރިކަމާއި އެކު އަންނަ މަހު ތިން ތަރިން އެކުގައި ޓީވީ ޝޯއަކުން ފެންނާނެ ކަމަށްވަނީ ބެލެވެން ފަށާފައި އެވެ. އެގޮތުން އިންޑިއާ ޓީވީން ގެނެސްދޭ ޓީވީ ޝޯއެއް ކަމަށްވާ "އާޕްކީ އަދާލަތް" ގައި މި ތިން ތަރިން އެކުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައި އެވެ.

ތިން ތަރިން ބައިވެރިވާ އެޕިސޯޑުގެ ރެކޯޑީން އަންނަ މަހުގެ ދެވަނަ ދުވަހު ދިއްލީގައި ނެގުމަށް ހަމަޖެހިފައިވާއިރު، މި އެޕިސޯޑުން ދިޕިކާ ޕަދުކޯންއާއި ޕްރިޔަންކާ ޗޯޕްރާއާއި ރަންބީރު ކަޕޫރުގެ އިތުރުން ސޮނާކްޝީ ސިންހަވެސް ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާ ޓީވީން މިހާރު ގެނެސްދޭ "އާޕްކީ އަދާލަތް"  ޝޯ ފެށިތާ މިހާރު 21 އަހަރުވެއްޖެ  އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް