ގާޒާގައި ފެން ބޮޑުވުމުން ކުއްލި ހާލަތު އިއުލާނުކޮށްފި

ދެދުވަސް ވާންދެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހި، ގާޒާގައި ފެންބޮޑު ވެފައިވާތީ އދ އިން ގާޒާގައި ކުއްލި ހާލަތު އިއްޔެ އިއުލާނު ކޮށްފި އެވެ. ފަލަސްތީނުގައި ހުންނަ އދގެ ރެފިއުޖީ އޭޖެންސީން ބުނާ ގޮތުނ...

28 Nov 2014 | 07:08

ދެދުވަސް ވާންދެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހި، ގާޒާގައި ފެންބޮޑު ވެފައިވާތީ އދ އިން ގާޒާގައި ކުއްލި ހާލަތު އިއްޔެ އިއުލާނު ކޮށްފި އެވެ.

ފަލަސްތީނުގައި ހުންނަ އދގެ ރެފިއުޖީ އޭޖެންސީން ބުނާ ގޮތުން ވިއްސާރައިގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ ރައްކާތެރި ހިސާޞުތަކަށް ގެންގޮސްފައެވެ.

މި ވިއްސާރައިގާ އަދި އެއްވެސް މީހަކު މަރުވިކަން ރިޕޯޓްކޮށްފައި ނުވި ނަމަވެސް އެމަޖެންސީކޮށް ފެނާއި ތެލާއި ސިއްހީ ބައެއް އާލާތްތައް އެ ސަރަހައްދަށް ބޭނުންވާކަމަށް އދގެ އޭޖެންސީން ބުނެއެވެ.

އެ އެޖެންސީން ބުނީ އިޒްރޭލުން ދިން ހަމަލާތަކަށްފަހު ވީރާނާ ވެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން މިކަމުގެ ނުރައްކާ ބޮޑު ކަމަށާއި ކުއްލި ހާލަތު އިއުލާނު ކުރީ އަވަސް އެހީ ބޭނުންވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް