ލ.އަތޮޅު ބަށިބޯޅަ މުބާރާތް: ލޮޓަސް، މާވަށް އަދި ރިއަލް އައިލެންޑް ކުޅުނު މެޗު ކާމިޔާބުކޮށްފި

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށިބޯޅަ މުބާރާތުގައި ފޮނަދޫ ލޮޓަސް، މާވަށު ބަށިޓީމް އަދި ރިއަލް އައިލެންޑް އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ. މުބާރާތުގެ 9 ވަނަ މެޗުގައި އިއްޔެ ފޮނަދޫ ހެލްޕިން ހޭ...

28 Nov 2014 | 03:45

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށިބޯޅަ މުބާރާތުގައި ފޮނަދޫ ލޮޓަސް، މާވަށު ބަށިޓީމް އަދި ރިއަލް އައިލެންޑް އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ 9 ވަނަ މެޗުގައި އިއްޔެ ފޮނަދޫ ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސްގެ "ލޮޓަސް" ޓީމާއި އެކުވެރިންގެ ޖަމިއްޔާގެ "ދަނބިދޫ ބަށިޓީމް" ބައްދަލުކޮށް 21 ލަނޑު 06 ފޯލި، 28 ލަނޑު 0 ފޯލިން މެޗު ކާމިޔާބުކުރީ ފޮނަދޫ ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސްގެ "ލޮޓަސް" ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލޮޓަސްޓީމުގެ ޖާރސީ ނަންބަރ 1 ފާތިމަތު ސުޒީލާއެވެ.

މުބާރާތުގެ 10 ވަނަ މެޗުގައި މާވަށު ރައްޔިތުންގެ ރޫޙް (މާވަށު ބަށިޓީމް) އަދި ލ.ގަމު ތުނޑީ ބަރުލަމާނީ ސްޕޯރޓްސް ކުލަބް ބައްދަލުކޮށް 14 ލަނޑު 08 ފޯލި، 21 ލަނޑު 05 ފޯލިން މެޗު ކާމިޔާބުކުރީ މާވަށު ރައްޔިތުންގެ ރޫޙުގެ މާވަށު ބަށިޓީމެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މާވަށު ބަށިޓީމުގެ ޖާރސީ ނަންބަރ 5 އާއިޝަތު ފިރާޝާއެވެ.

މުބާރާތުގެ 11 ވަނަ މެޗުގައި ރިއަލް އައިލެންޑްގެ ޓީމާއި ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން "ސްޓަރ" ބައްދަލުކޮށް 26 ލަނޑު 10 ފޯލި، 17 ލަނޑު 05 ފޯލިން މެޗު ކާމިޔާބުކުރީ ރިއަލް އައިލެންްޑް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް އައިލެންޑްގެ ޖާރސީ ނަންބަރ 3 ހައްވާ ލިއުޝާއެވެ.

މިއަދުވެސް މުބާރާތުގެ 2 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް