ބިލެއްދޫ ދާއިރާގެ މެމްބަރު މުބީނަށް ހަމަލާ ދީފި

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަހުމަދު މެމްބަރު މުބީނަށް މިރޭ ހަމަލަދީފި އެވެ. މެމްބަރު މުބީނަށް ހަމަލާދިނީ މިރޭ 09:30 ހާއިރު މާފަންނު ބިސްބުރު ކައިރީގައި ހުންނަ ކ...

27 Nov 2014 | 20:06

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަހުމަދު މެމްބަރު މުބީނަށް މިރޭ ހަމަލަދީފި އެވެ.

މެމްބަރު މުބީނަށް ހަމަލާދިނީ މިރޭ 09:30 ހާއިރު މާފަންނު ބިސްބުރު ކައިރީގައި ހުންނަ ކެފޭއެއްގެ ދޮރުމަތީގައި ހުއްޓާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.

އެ ޕާޓީން ބުނީ މީހަކު އައިސް މުބީންގެ ކަންކަށިމަތީގައި ދެ ފަހަރަކަށް ޖަހާފައިވާއިރު އޭނާގެ ލޯވެސް ދުޅަވެފައިވާކަމަށެވެ. އަދި ސައިކަލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

ނަމަވެސް މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ މެމްބަރު މުބީންގެ ކަންކަށީގައި ހޮޓަލުން ނިކުތް މީހާ ޖެހީ މެމްބަރު މުބީން ކުޅު ޖެއްސެވި ވަގުތު އެމީހާގެ ގަޔަށް ކުޅު ދިއުމުން ކަމަށެވެ. އަދި ކަންކަށީގައި ޖެހި ވަގުތު އެއީ މެމްބަރެއް ކަން އެމީހާއަށް ނޭންގޭ ކަމަށް އެމީހާ ބުނި ކަމަށާއި އެއަށްފަހު ދެމީހުން ވާހަކަ ދައްކައި ތަނުން ތަނަށް މައްސަލަ ސުލްހަކުރި ކަމަށްވެސް މަންޒަރު ދުއް މީހާ ބުންޏެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް