އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ ހުށަހަޅަނީ

28 Oct 2026 | 09:33
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: މަޖިލީސް

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: މަޖިލީސް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވާކަން ހާމަ ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ބަޖެޓް ހުށަހަޅާ ޖަލްސާ ފަށާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މާދަމާ މެންދުރުދަަހު 1:30 ގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި ސަރުކާރުން ހުށަހަޅާނީ ކިތައް ބިލިއަން ރުފިޔާ ކަމެއް އަދި ނޭނގެ އެވެ.

މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް