ކަނޑުދަތުރުފަތުރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތައް ހޮވުމަށް ބާއްވާ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 ގެ އޮންލައިން ވޯޓުލުން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިފަހަރުގެ ވޯޓުލުމުގައި މެރިން މާސްޓަރ އަދި މެރިން އިކުއިޕްމަންޓްސް ތިން ކެޓަގަރީއަކުން ވާދަކުރެއެވެ.
އެއީ 10 މީޓަރާއި 15 މީޓަރާ ދެމެދުގެ ފައިބަރ އުޅަނދުގެ އެންމެ ރަނގަޅު އުފެއްދުންތެރިޔާގެ ކެޓަގަރީން މެރިން މާސްޓަރ 39 އަދި މެރިން މާސްޓަރ 49 އާއި، ބޯޓު އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ ޔިއަރގެ ކެޓަގަރީން މެރިން އިކުއިޕްމެންޓްސް އާއި، ޑޮކް ޔާޑް އޮފް ދަ ޔިއަރގެ ކެޓަގަރީން މެރިން މާސްޓަރ ބޯޓު ޔާރޑެވެ.
ވޯޓު ދޭން ބޭނުންވާ ފަރާތްތަކުން އެވޯޑުގެ ރަސްމީ ވެބްސައިޓަށް ވަދެ ވޯޓުލެވޭނެއެވެ. އެވޯޑް އިންތިޒާމުކުރާ ފަރާތުން ވަނީ ސިނާއަތުގައި ޚިދުމަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.
ވޯޓުލުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުގެ ދަންވަރު 12:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް