އިބޫ ހުވާކުރައްވާނީ ނޮވެމްބަރު 17ގައި ކަމަށް މަޖިލީހުން ފާސްކޮށްފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާކުރައްވާނީ ނޮވެމްބަރު 17ގައި ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިމިވަނީ މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަ...

28 Oct 2018 | 15:20

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާކުރައްވާނީ ނޮވެމްބަރު 17ގައި ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިމިވަނީ މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރި 63 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން  މިގޮތަށް ނިންމާފައިވާއިރު މިއަދުގެ ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުން އިއްތިފާގުވީ އިބޫ 11 ގައި ހުވާކުރެއްވުމަށެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ނިންމީ އިބޫ ހުވާކުރައްވާނީ 17ގައި ކަމަށެވެ.

ކޮމިޓީން އެގޮތަށް ނިންމީ މައްސަލަ ދިރާސާކުރި އިރު، ކުރީގެ އުއްތަމަ ފަނޑިޔާރު އަދި އަދި ކުރީގެ މަޖިލީހުގެ ރައީސް ސޮއިކުރައްވާފައިވާ އިގުރާރަކަށް ރިއާޔަތްކޮށެވެ.

އިބޫވެސް ވިދާޅުވެފައިވަނީ ނޮވެމްބަރު 11ގައި ހުވާކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ. މަސްލަހަތައްޓަކައި ހުވާކުރައްވަން ބޭނުންފުޅުވަނީ އެއްވެސް ގާނޫނަކާ ހިލާފު ނުވާނެ ގޮތަކަށް އަދި ސުވާލު ނުއުފެއްދޭފަދަ ގޮތަކަށް ކަމުގައި އިބޫ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް