އިބޫ ހުވާކުރުން ނޮވެމްބަރު 17ގައި ބާއްވަން ކޮމިޓީން ފާސްކޮށްފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17ގައި ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިމިވަނީ މިކަމ...

28 Oct 2018 | 11:15

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17ގައި ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިމިވަނީ މިކަމަށްޓަކައި މިއަދު ނެގި ހާއްސަ ވަގުތީ ކޮމެޓީންނެވެ. ކޮމިޓީން އެގޮތުން ނިންމިކަން ހާމަކޮށް އެ ކޮމިޓީގެ ހިމެނިވަޑައިގަންނަވާ މެމްބަރެއް ކަމުގައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު އަދި ރައީސް ޔާމީން ސޮއި ކުރައްވާފައިވާ އިގުރާރުގައި ވަނީ 17 ނޮވެމްބަރުން ފެށިގެން ފަސް  އަހަރަށް ރިޔާސީ ދައުރަކަށް ކަމަށެވެ.

"މި އިގްރާރު މިހެން އޮތުމާއެކު އިންތިހާބީ ރައީސް ބޭނުންފުޅެއް ނުވޭ 11 ނޮވެމްބަރުގައި ހުވާ ކުރައްވާކަށް. އެމަނިކުފާނުގެ އެދުމަކީ އަބަދުވެސް ގައުމީ މަސްލަހަތު ކުރިއަށް ނެރުއްވައިގެން މަސައްކަތް ކުރެއްވުން" ރޮޒެއިނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެފަދަ މޭރުމަކުން މިއަދު އިބޫވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ފުރަތަމަ ކުރެއްވި ކަންތައް ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެއްވެސް އިރެއްގައި ބަޔަކު ބުނާކަށް ބޭނުންނުވާ ކަމަށެވެ. އިސާރާތް ކުރެއްވީ ހުވާ ކުރެއްވުމުގެ ތާރީހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް