އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ހުށަހެޅި މައްސަލަ ހަތް މެންބަރުނ...

28 Oct 2018 | 09:10

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ހުށަހެޅި މައްސަލަ ހަތް މެންބަރުންގެ ކޮމިޓިއަކަށް ފޮނުވަން ފާސްކޮށްފި އެވެ.

ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ރިޔާސަތުންނެވެ. އެ މައްސަލަ ހަތް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން ފާސް ކުރީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ތާއީދު ކުރެއްވި ހުށަހެޅުމަށް 68 މެންބަރުންގެ ތާއީދު ލިބިގެންނެވެ.

ވަގުތީ ކޮމިޓީގެ ގޮތުގައި ހުށަހެޅުއްވި މެންބަރުންގެ ގޮތުގައި ފާސްވެފައިވަނީ ކޮނބިދޫ ދާއިރާގެ މެންބަރު ރިޔާޒު ހުށަހަޅުއްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ކޮމިޓީގެ މެންބަރުންނެވެ. އެ ހުށަހެޅުން ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ކޮމިޓީގައި ތިއްބަވާނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ. މި ކޮމިޓީގެ އަގުލަބިއްޔަތު އިދިކޮޅު ފަރާތްތަކުގައި އޮތުމުން އެ ފަރާތްތަކުން ބޭނުންވާ ގޮތަށް ނޮވެމްބަރު 11 ވަނަ ދުވަހަކީ އިބޫ ހުވާ ކުރައްވާ ދުވަހުގެ ގޮތުގައި ކޮމިޓީން ފާސް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މި މައްސަލައިގައި އިބޫ މަޖިލީހުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަން ބޭނުންފުޅު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނު ހުވާ ކުރާނެ ދުވަހަކާ މެދު ހިޔާލު ތަފާތުވެފައިވާއިރު، މިފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް