މިސޮރު އެނގޭތަ – މިއީ ފިލާތަކެއް ވަގަށް ނެގި މައްސަލައެއްގައި ހޯދާ މީހެއް

ގެއެއްގެ ތިރީގައި ބަހައްޓާފައިހުރި ފިލާތަކެއް ވަގަށް ނެގި މީހަކު ހޯދުމުގައި ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ފުލުހުން ބުނެފައިވަނީ ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަ...

28 Oct 2018 | 05:08

ގެއެއްގެ ތިރީގައި ބަހައްޓާފައިހުރި ފިލާތަކެއް ވަގަށް ނެގި މީހަކު ހޯދުމުގައި ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

https://www.youtube.com/watch?v=SbfsxH5FskY

މިމީހާ ހޯދަމުންދަނީ 2018 ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ގެއެއްގެ ތިރީގައި ބަހައްޓާފައިހުރި ފިލާތަކެއް ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ކަމުގައި ފުލުހުން ބުނެއެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް