ގިނަ ދުވަސްތަކަކަށްފަހު އިދިކޮޅު މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އެކަން ސިފަކުރެއްވި ގޮތް ވަރަށް ތަފާތެވެ.
އެގޮތުން މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދަތި އުނދަގޫ އަހަރު ތަކަކަށްފަހު އުންމީދާއެކު މަޖިލީހުގައި ކަމަށެވެ. އިރާދަކުރެއްވިއްޔާ މިއީ އާ ފެށުމެއް ކަމަށެވެ.
"ތަޅެއް ނެތް، ސިފައިން އަދި ފުލުހުންވެސް ނެތް، އަދި ބިރެއްވެސް ނެތް" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/AhmedMahloof/status/1056398185214562304
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގައި ވެރިކަންކުރާ ޕާޓީގެ އާރާއި ބާރު އޮތް އިރު ފަހަކަށް އައިސް އިދިކޮޅު މެމްބަރުންނާއިމެދު ކަންކަން ކޮށްފައިވަނީ ވަރަށް ދެރަ ކޮށް ކަމުގައި އިދިކޮޅުން ދިޔައީ ފާހަގަ ކުރަމުންނެވެ. އެގޮތުން ސަލާމަތީ ބާރުތައް ބޭނުންކޮށް މަޖިލީހުގައި ބޮޑު ތަޅު އަޅުގައި ބޭނުން ބަޔަކު މަޖިލީހުން ބޭރުކޮށް ހެދިއެވެ.
މަހްލޫފްގެ ޓްވީޓްގައި އެ ދުވަސްވަރުގެ ބައެއް ފޮޓޯތަށްވެސް ހިމަނާފައިވެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސައިކަލެއްގެ މައްޗަށް ވައްޓާލާފައި އޮތް މަންޒަރު ފެންނަ ފޮޓޯއަކާއި މަޖިލީހުގެ ގޭޓު މަތިން މަހްލޫފް ބޭރުކޮށްލާ މަންޒަރު ފެންނަ ފޮޓޯއަކާއި މަޖިލީހުގެ ރިޔާސަތު މޭޒު ކުރިމަތީގައި ސިފައިންގެ ސަފެއް އޮތް ފޮޓޯއަކާއި މަޖިލިސް ކުރާ ގޭގެ ދޮރުމަތީގައި ސިފައިން އަތުރާލަފައިތިބި މަންޒަރު ފެންނަ ފޮޓޯއެއް ހިމެނެއެވެ.
އެ ފޮޓޯތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮޓޯއަކީ އިންތިހާބީ ރައީސް އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް ސައިކަލެއްގެ މައްޗަށް ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއެވެ. އެދުވަހު ގަދަކަމުން ސިފައިންގެ އަތް މަތިންންނާއި ކޮއްޕާ ގަޅުވަމުން މަޖިލީހުން ބޭރު ކުރި އިބްރާހިމް މުހައްމަދު ސާލިހަކީ މިއަދު ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކޮށްފައިވާ ދިވެހިންގެ ރައީސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް