ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް – ދަރިފުޅު ގޮވައިގެން ސްކޫލު ދޮށަށް ދިޔަ މަންމަ އައިސީޔޫގައި

ތިނަދޫ ސިޓީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ ސިޓީ، ގާޒީ މަގާއި ރަންނަބަނޑޭރިމަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި އެކް...

28 Sep 2025 | 18:43
އެ އެކްސިޑެންޓްގެ މަންޒަރެއް - ފޭސްބުކް ފޮޓޯ: ރިއޯ މަންނަ

އެ އެކްސިޑެންޓްގެ މަންޒަރެއް - ފޭސްބުކް ފޮޓޯ: ރިއޯ މަންނަ

ތިނަދޫ ސިޓީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް

ހިނގައިފިއެވެ.

މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ

އެ ސިޓީ، ގާޒީ މަގާއި ރަންނަބަނޑޭރިމަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި

އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 07:44 ހާއިރު

ކަމަށް ފުލުހުން ބުނެފައިވެއެވެ.

"އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައިތިބި ދެ

އަންހެނުންނަށް އަނިޔާވެފައިވޭ، ސައިކަލު ދުއްވަން އިން މީހާއަށް ފަރުވާދެމުންދަނީ

އައިސީޔޫގައި" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ ސައިކަލުގައި ތިބީ

މަންމައާއި ދަރިފުޅެވެ. އަދި އެއީ ދަރިފުޅު ގޮވައިގެން މަންމަ ސްކޫލުދޮށަށް ދިޔަ

ވަގުތުކަންވެސް އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް