ކޮރަޕްޝަން ސާބިތުވެ ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު) ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. ކްރިމިނަލް ކޯޓުން މި ހުކުމް ސައީދުގެ މައްޗަށް މިއަދު އިއްވާފައ...

28 Sep 2025 | 14:50
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު - ފޮޓޯ: ފެނަކަ

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު - ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ

އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު) ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް

ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ސައީދުގެ މައްޗަށް

މިއަދު އިއްވާފައިވަނީ އެމްޑީގެ މަޤާމުގައި ހުންނެވިއިރު ހިންގި ކޮރަޕްޝަންގެ

މައްސަލައެއް ސާބިތުވުމުންނެވެ.

އެ މައްސަލައަކީ ބްލޭޒަން އިންކް ނަމަކަށްކިޔާ ކުންފުންޏަކާއި

ދެމެދު 2019 ވަނ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން މަސައްކަތް

ނުކުރަނީސް މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި އެ މަސައްކަތަށް ވާ

ފައިސާ ދޫކުރި މައްސަލައެވެ.

ސައީދުގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ

އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެވެ. ނަމަވެސް ކޯޓުގެ އިސް ގާޒީ

އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ އެ އިހުތިޔާރުގެ ދަށުން އަބަދުގެ ދަރަޖަ

މަތި ކުރެވޭ ކަމަށާއި އެހެންކަމުން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި

އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަންގެ ހިންގުން

އާންމުވެފައިވާކަން ފާހަގަކުރައްވަމުން އިސް ގާޒީ ވިދާޅުވީ ކޮރަޕްޝަން ހިންގާ

މީހުންނަށް އަދަބު ލިބޭތަން ފެންނަނީވެސް މަދު ކަމަށާއި އަދި ދެވޭ އަދަބު ނިސްބަތުން

ކުޑަވމަކީވެސް މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް ވާތީ އެންމެ

ހަރުކަށި އަބަދު ކަނޑައަޅަންޖެހޭ ކަމަށެވެ.

ސައީދުގެ މައްޗަށް އިއްވި ހުކުމާއި ގުޅޭގޮތުން ޕީޖީ

އޮފީހުން މިއަދު ބުނެފައިވަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، ރަސްމީ

ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތު ހަތަރު އަހަރު

ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާއިރު އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ

ކުށެއް ކަމަށެވެ. ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ

ހަތަރު އަހަރަށް ޖަލަށް ލުންކަން އެ އޮފީހުންވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް