ތަމަޅަ އެކްޓަރު ވިޖޭ -
ތަމަޅަ އެކްޓަރު ވިޖޭގެ ސިޔާސީ ރެލީއެއްގައި ފިތި
ބާރުވެގެން 39 މީހަކު މަރުވެއްޖެއެވެ.
އަސްލު ނަމުންނަމަ ޖޯސަފް ވިޖޭ ޗަންދުރަސޭކަރު (ވިޖޭ)
ސިޔާސީ މަސްރަޙަށް 2009ގައި ދީލާލި ނަމަވެސް ތަމިލަގަ ވެތުރީ ކަޒާގަމް ނަމުގައި
އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދައި އެކަން އިޢުލާނުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ
މަހުގެ ތެރޭގައެވެ. އޭނާގެ ސިޔާސީ ޕާޓީ އުފައްދައި ބޭއްވި ފުރަތަމަ ރެލީގައިވެސް
ފިތި ބާރުވެގެން ބަޔަކު މަރުވިއެވެ.
ރާއްޖޭ ގަޑިން ބަލާނަމަ ރޭ ގާތްގަނޑަކަށް 07:15
ހާއިރު ތަމިލްނާޑޫގެ ކަރޫރް ސަރަހައްދުގައި ވިޖޭގެ ޕާޓީއިން ސިޔާސީ ރެލީއެއް
ބޭއްވިއެވެ. އެތައް ހާސް ބަޔަކު ޖަމާވި އެ ރެލީގައި ވިޖޭ ވާހަކަ ދައްކަންހުރީ މަގު
މެދުގައި އޮތް ބޮޑު ބަހެއްގެ މަތީގައެވެ.
ވިޖޭ ވާހަކަ ދައްކަން ފެށުމާއެކު ކްރައުޑް އެ
ބަހާއި ދިމާއަށް ގާތްވާން ފެށުމުން ހިނގި ހާދިސާތަކުގައި ފިތި ބާރުވެ 39 މީހަކު
މަރުވެ 50 އަށްވުރެ ގިނަ މީހަކު ޒަޚަމްވިއެވެ. އަދި އެތައް ބަޔަކަށް ހޮސްޕިޓަލުގައި
ފަރުވާ ދޭން ޖެހުނެވެ.
އިންޑިއާ މީޑިއާ އިން ރިޕޯޓްކުރާގޮތުގައި ހާދިސާ
ހިނގުމުން އެހާ ގިނަ ބަޔަކު މަރުވާން މެދުވެރިވީ ކްރައުޑް ބޮޑުކަމުންނާއި ސަރަހައްދު
ފިތި ބާރުވެފައިވުމުން ޞިއްޙީ އެހީތެރިންނާއި އެމްބިއުލާންސަށް، ހާލު ދެރަވި
ފަރާތްތަކާއި ހަމައަށް ދާން ދަތިވުމެވެ.
ވިޖޭ އަކީ ފާއިތުވި ތިން ދަހަރައިގާ ތަމަޅަ ސިނަމައިގާ
އެންމެ މަގުބޫލު އެއް އެކްޓަރެވެ. އޭނާގެ ފޮލޯވަރުންގެ ޢަދަދު މިލިޔަނުން
ގުނާލެވޭއިރު ސިޔާސީ މަސްރަޙުގައިވެސް ވިޖޭ އަންނަނީ ބޮޑެތި ކާމިޔާބީތަކެއް
ހާސިލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް