އިސްލާމިކް މިނިސްޓްރީއަށް ނައިބަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ގދ.ތިނަދޫ ކަލްމުނާ، އަލްއުސްތާޛު ޙުސައިން ޝަރީފް ޢައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ވި...

28 Aug 2019 | 15:11

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ގދ.ތިނަދޫ ކަލްމުނާ، އަލްއުސްތާޛު ޙުސައިން ޝަރީފް ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި އަލްއުސްތާޛު ޙުސައިން ޝަރީފަކީ ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ، އޮނާރސް އާއެކު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރ ފެންވަރުގެ މަޤާމުތައް ޙުސައިން ޝަރީފް އަދާކުރައްވާފައިވާކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއަށް މިއަދު ނައިބަކު އައްޔަން ކުރައްވާފައިވާއިރު މާލީ ވުޒާރާއަށް އިއްޔެ ވަނީ ނައިބަކު އައްޔަން ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް