ބޮލީވުޑުން ޕާކިސްތާނުގެ ލަވަތައް ކޮޕީކުރާކަމަށް ޕާކިސްތާނުގެ އެކްޓްރެސް މެހްވިޝް ހަޔާތު ބުނެފިއެވެ.
ހަޔާތު މިހެން ބުނީ، ބޮލީވުޑުން ދާދިފަހުން ރިލީޒްކުރި އާލިއާ ބަޓްގެ ޕަންޖާބީ ލަވަ، "ޕްރާޑާ" އަކީ ޕާކިސްތާނު ލަވައެއްގެ ކޮޕީއެއް ކަމަށެވެ. އެލަވައަކީ ޕާކިސްތާނު ލަވައެއް ކަމުގައިވާ "ގޮރެ ރަންގް ކަ ޒަމާނާ" މި ލަވައިގެ ކޮޕީއެއް ކަމަށް ވެސް ހަޔާތު ވަނީ ފާހަގަކޮށްފައެވެ.
ހަޔާތު ބުނެފައިވަނީ، ބޮލީވުޑުން ޕާކިސްތާނުގެ ލަވަތައް ވަގަށް ނަގަނީ ކަމަށާއި، އެފަދަ ކަންކަން ކުރަން ލިބޭ އެންމެ ކުޑަކުޑަ ފުރުސަތުގެ ބޭނުން ވެސް ބޮލީވުޑުން ކުރާކަމުގައެވެ. އަދި ކޮޕީރައިޓްގެ މާނަ ބޮލީވުޑަށް ނޭންގޭކަމަށް ވެސް ހަޔާތު ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ނެޓްފްލިކްސް އަށް އަންނަން ތައްޔާރުވެފައިވާ ޝަހްރުކް ޚާންގެ "ބަރޑް އޮފް ބްލަޑް" އަކީ ވެސް އެންޓިޕާކިސްތާން ޕްރޮޖެކްޓެއް ކަމަށް ވެސް ހަޔާތު ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ޕާކިސްތާނުގެ ލަވަތައް ބޮލީވުޑުން ކޮފީކުރާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ހަޔާތު އަކީ ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސްއެކެވެ. އޭނާ ފިލްމީ ދުނިޔެއަށް އައީ 2009 ވަނަ އަހަރު ރިލީޒްކުރި "އިންޝާﷲ" ކިޔާ ފިލްމަކުންނެވެ. އެގައުމުގެ ގިނަ ޑްރާމާތަކަކުން ވެސް ހަޔާތު ވަނީ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް