ޑިމޮކްރަސީ ޕްރެޒެންޓޭޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޑިމޮކްރަސީ ޕްރެޒެންޓޭޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޔުނިވާސިޓީ ...

28 Aug 2017 | 09:12

އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޑިމޮކްރަސީ ޕްރެޒެންޓޭޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޔުނިވާސިޓީ ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އާންމުން ޑިމޮކްރަސީ އަށް ހޭލުންތެރިކުރުވުމާއި ގިނަ ފަރާތްތަކަށް ޑިމޮކްރަސީ އާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި ދަރިވަރުންނަށް ޑިމޮކްރަސީ އަދި އިންތިހާބުތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މި މުބާރާތުން އެއް ވަނައަށް ދާ ޓީމަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާ އަދި ތިން ވަނައަށްދާ ޓީމަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ފޯމް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް