ކަޕިލް ޑިޕްރެޝަންގައި، މަޝްހޫރު ތަރިން ބައިވެރިވާ އެޕިސޯޑުތައް ކެންސަލް ކުރަނީ!

މިދިޔަ އަހަރާއި މިއަހަރުގެ ކުރީ ކޮޅު އިންޑީއަގެ އެންމެ މަޝްހޫރު ކޮމެޑީ ޝޯ، "ދަ ކަޕިލް ޝަރުމާ ޝޯ" ގެ މަގުބޫލުކަން ކުޑަވެ، ކަޕިލް ޝަރްމާ ޑިޕްރެޝަނަށް ތަހަންމަލް ކުރަން ފަށައިފި އެވެ. ކަޕިލް ފޭނުންނަށް ސ...

28 Aug 2017 | 08:45

މިދިޔަ އަހަރާއި މިއަހަރުގެ ކުރީ ކޮޅު އިންޑީއަގެ އެންމެ މަޝްހޫރު ކޮމެޑީ ޝޯ، "ދަ ކަޕިލް ޝަރުމާ ޝޯ" ގެ މަގުބޫލުކަން ކުޑަވެ، ކަޕިލް ޝަރްމާ ޑިޕްރެޝަނަށް ތަހަންމަލް ކުރަން ފަށައިފި އެވެ.

ކަޕިލް ފޭނުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އޭނާއަށް ލަފާ ކުރެވޭގޮތުގައި ޑިޕްރެޝަން ތަހަންމަލް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ލޭގެ ޕްރެޝަރު ދަށްވެފައިވާ ކަމަށާއި އެކަމަށް މިހާރު ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކެއުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ކަޕިލްގެ ޝޯގެ މަގުބުލުކަން ގެއްލި ބައެއް ފަހަރު ޝޯ ހުއްޓާލަން އެ ޝޯ ދައްކާ ސޮނީ ޓީވީން ނިންމަން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރެ އެވެ. އެކަމަކު އެ ޝޯ ހުއްޓާ ނުލާ ވާނެ ގޮތެއް ހެދުމަށް ކަޕިލް ކުރަމުންދާ މަސައްކަތްވެސް ބައެއް ފަހަރު ދަނީ ފަނުފުލުހުންނެވެ.

އެއީ މިފަހަކަށް އައިސް މަޝްހޫރު ތަރިން ބައިވެރިވާ އެ ޝޯގެ އެޕިސޯޑުތަކުގެ ޝޫޓިންތައް ކެންސަލް ވާތީ އެވެ. އެގޮތުން ޝާރުކް ހާންގެ ފިލްމެއްގެ ޕްރޮމޯޝަން އާއި އަރްޖުން ރާމްޕަލް އާއި ލަވަކިޔުންތެރިޔާ މަނޯޖް ތިވާރީ އާއި އަރުޖުން ކަޕޫރު ފަދަ ތަރިން ބައިވެރިވާން ހަމަޖެހިފައި އޮތް ޝޫޓިންތަކެއް ކަޕިލް ނައިސްގެން ކެންސަލް ކޮށްލާފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެންމެ ފަހުން އޭނާ ކެންސަލް ކޮށްލީ އަޖޭ ދޭވްގަން އާއި ލަވަކިޔުންތެރިޔާ ބާދްޝާހީ ބައިވެރިވާގޮތަށް ހަމަޖެހިފައި އޮތް  އެޕިސޯޑެއްގެ ޝޫޓިން އެވެ. ސެޓަށް އަޖޭމެން އަރުވާ ކްރޫއިން ސެޓް ގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމުމަށް ފަހު ގުޅި އިރު ކަޕިލް ގެ ފޯނު އޮތީ ނިއްވާލާފައި އެވެ. އެތައް ފަހަރަކު ގުޅައިގެންވެސް ކަޕިލް އަށް ނުގުޅިގެން ޝޫޓިން ކެންސަލް ކޮށްލި އިރު ސެޓްގައި ތިބި ތަރިންގެ އިތުރުން ޝޫޓިންގެ މަސައްކަތުގައި އުޅޭ މީހުންނަށްވެސް ކަޕިލްއަށް ވީގޮތް ނޭނގުނެވެ.

އެކަމާ ރުޅި އައިސްގެން އަޖޭ އާއި ޓީމް ދިޔަ ފަހުން ކަޕިލް އަޖޭއަށް ކުރި މެސެޖެއްގައި ބުނެފައިވަނީ އޭނާ ބަލިކަމުން ޝޫޓިންއަށް ނުދެވުނީ ކަމަށެވެ.

ޝޫޓިންތައް ކެންސަލް ކޮށްލުމުން ރުޅިގަދަވެގެން ދާންޖެހުނު ބައެއް ތަރިން ބުނަނީ އޭނަ ޝޫޓިން ކެންސަލް ކުރަނީ ބަލިވެގެން ނޫންކަމަށާއި އެއީ އޭނާގެ މޮޅުކަމާއި ޑީމާންޑު އޮތް ވަރު ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް