ބައި އިލެކްޝަންތައް ހުއްޓުވަން ބޭނުން ނަމަ ދެން ދާންޖެހޭނީ ކޯޓަށް

އިލެކްޝަންސް ކޮމިޝަނުން ބާއްވާނެ ކަން އިއުލާނު ކުރި ހަ ދާއިރާގެ ބައި އިލެކްޝަން ހުއްޓުވަން ބޭނުން ނަމަ ދެން ދާން ޖެހޭނީ ކޯޓަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ. ސުއޫދު ކ...

28 Aug 2017 | 07:13

އިލެކްޝަންސް ކޮމިޝަނުން ބާއްވާނެ ކަން އިއުލާނު ކުރި ހަ ދާއިރާގެ ބައި އިލެކްޝަން ހުއްޓުވަން ބޭނުން ނަމަ ދެން ދާން ޖެހޭނީ ކޯޓަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ހުއްޓުވުމަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅި ދާނެ ކަމަށެވެ. ސުއޫދު އެހެން ވިދާޅުވީ ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމާއި ގުޅިގެން ސުވާޅު އުފެދިފައިވާ މެންބަރުންނަށް އަމާޒުކޮށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެކަމަކު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދަނީ އެ ހުކުމުގައި ވަނީ ގޮނޑި ގެއްލިފައިވާ ކަމަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުންވެސް މާނަ ނަގާފައިވަނީ އެގޮތަށެވެ.

ސުޕްރީމް ކޯޓަށް މަޖިލީސް މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު މައްސަލައިގަ އެ ކޯޓުން ނެރުނު ހުކުމުގައި ވަނީ އިތުރަށް ނިންމާނެ ނިންމުުމެއް ނެތް ކަމަށެވެ. އެ ކޯޓުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ނިންމާފައިވަނީ މެންބަރުން އިންތިހާބުވެފައިވާ ޕާޓީ ން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އެ ދުވަހުން ފެށިގެން މެންބަރުކަން ގެއްލޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް