ދެ މައްސަލައަކާއި ގުޅިގެން ދެ ރަށެއްގެ ދެމީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. މި މައްސަލަތަކާ ގުޅިގެން ހޯދަމުންދީ ހދ. ވައިކަރަދޫ،...

28 Aug 2017 | 07:10

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލަތަކާ ގުޅިގެން ހޯދަމުންދީ ހދ. ވައިކަރަދޫ، ކަސްތޫރިގެ، އަޙްމަދު އަދީބު (25އ) އާއި މ. ކޮޅުފުށި، ފެހިވިލާގެ، ޔޫސުފް ސިރާޖު (37އ) އެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އަޙްމަދު އަދީބު ހޯދަމުންދަނީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އަދި ޔޫސުފް ސިރާޖު ހޯދަމުން ދަނީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް