އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު އަނެއްކާވެސް މަހުލޫފަށް ކޮށްފި

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް އަނެއްކާވެސް ފުލުހުން ކޮށްފި އެވެ. މި މައްސަލައިގަ ބަޔާން ނެގުމަށް ރޭ ފުލުހުންގެ އިދާރާއަށް މަހުލޫ...

28 Aug 2017 | 06:24

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް އަނެއްކާވެސް ފުލުހުން ކޮށްފި އެވެ.

މި މައްސަލައިގަ ބަޔާން ނެގުމަށް ރޭ ފުލުހުންގެ އިދާރާއަށް މަހުލޫފު ހާޒިރު ކުރި އެވެ. ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން އޭނާ ވިދާޅުވީ ފުލުހުން ތުހުމަތު ކުރަނީ ގާސިމް އިބްރާހީމަށް ހުކުމް ކުރި ރޭ އެ ސަރަހައްދުގައި ހުރެ ހަމަނުޖެހުން ހިންގައި، ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ކަމަށެވެ.

އެރޭ ފުލުުހުން މަހުލޫފު ހައްޔަރު ކުރި އެވެ. އެކަމަކު މުއްދަތު ޖަހަން ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އެވެ.

މަހުލޫފުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އެ ރޭ މަހްލޫފް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ނިންމައި އޭނާ ދޫކޮށްލާފައިވަނިކޮށް ދެން ތަހްގީގު ކުރެވޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ފުލުހުންނަށް ބަޔާން ދިނީ ވެސް އެ ގޮތަށް ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުވެގެން ދެ ހުކުމެއް ތަންފީޒު ކޮށް ނިންމައި މަހުލޫފު މިނިވަންވިތާ އަދި ދެ މަހެއްހާ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް