މިއަހަރުގެ އީދު ނަމާދު ބޮޑު ޖަމާއަތާއި އެކު މާލޭގެ 21 މިސްކިތެއްގައި

މިއަހަރުގެ އަޟްޙާ އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ތިން ތަނެއްގައި ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާއަތުގައ...

28 Aug 2017 | 06:08

މިއަހަރުގެ އަޟްޙާ އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ތިން ތަނެއްގައި ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމް ގައި ކަމަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ހަމަޖެހިފައިވަނީ ބޯޅަ ދަނޑުގައި އެވެ.

މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 15 މިސްކިތެއްގައި އެވެ. ވިލިމާލޭގައި ދެ މިސްކިތުގައި ކުރާއިރު ހުޅުމާލޭގައި ތިން މިސްކިތުގައި އަދި ހުޅުލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މާލޭގެ އިތުރުން ގިނަ ރަށްރަށެއްގައިވެސް ބޮޑު ޖަމާއަތުގައި އަޟްޙާ ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި އީދު ކުޅިވަރުގެ ގޮތުގައި ތަފާތު ސަގާފީ ކުޅިވަރުތަކާއި މިއުޒިކް ޝޯތައް ބައެއް ރަށްރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފަ ވެ އެވެ.

މިއަހަރުގެ އަޟްޙާ އީދުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް