ކުއްލި ގޮތަކަށް ޖުވެނައިލް ކޯޓަށް ބަދަލު ކުރެއްވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ދެމުންގެންދިޔަ ސެކިއުރިޓީ ކަނޑާލާފައިވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ގާޒީ ބާރީ މިކަން ހާމަކުރައްވާފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި އެވެ.
ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވާ ސްޓެޓަސްއެއްގައި ވިދާޅުވެފައިވަނީ އޭނާގެ އަނބިދަރިންނަށް ދެމުން ގެންދިޔަ ސެކިއުރިޓީ ފުލުހުން ކަނޑާލާފައިވާ ކަމަށެވެ. އެއީ ބިރު ދެއްކުމުގެ ގޮތުން ކުރި ކަމެއްނަމަ އެއީ ކުށްހީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ބިރު ދެއްކުމުގެ ގޮތުން ކަމަށްވާނަމަ އަދި ހީފުޅު ކުރެއްވީ ރަނގަޅަކަށް ނޫން، ކެރެންޏާ އަޅުގަނޑު މަރާލާ،" ގާޒީ ބާރީގެ ސްޓެޓަސްއެއްގައި ލިޔުއްވާފައި ވެ އެވެ.
ގާޒީ ބާރީއަށް ދެމުން ދިޔަ ސެކިއުރިޓީ ކަނޑާލާފައިވާއިރު ގާޒީ ބާރީ ކުއްލިގޮތަކަށް ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ރެ އެވެ. އެކަމަކު އޭގެ ކުރިން ވަނީ ސިޔާސީ ބައެއް ބޭފުޅުންނަށް ބޮޑެތި ހުކުމް ތަކެއް އިއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް