ނޮވެމްބަރު ޑިސެމްބަރު ކެމްބްރިޖް އިނގިރޭސި އިމްތިހާނު އެޕްލިކޭޝަން ދޫކުރަން ފަށައިފި

މި އަހަރުގެ ނޮވެމްބަރު ޑިސެމްބަރު ކެމްބްރިޖް އިނގިރޭސި އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފި އެވެ. ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2017 ވަނަ އަ...

28 Aug 2017 | 05:12

މި އަހަރުގެ ނޮވެމްބަރު ޑިސެމްބަރު ކެމްބްރިޖް އިނގިރޭސި އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2017 ސެޕްޓެންބަރު 5 އިން ފެށިގެން 2017 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ. ފައިސާ ނަގާނެގޮތުގެ ތަފްޞީލް އެ ޑިޕާޓްމަންޓުން ލިބެންހުންނާނެ ކަމަށެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1330 އަށް ކަމަށާއި ފޯމު ހުށަހަޅާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނަންވާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް