ކުރިއަށް އޮތް 2018 ވަނައަހަރު ދަރިވަރުންނަށް ދޫކުރެވޭ ސްޓޭޝަނަރީ ވައުޗަރއަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރުވެލައްވާ، ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްޓޭޝަނަރީ ވައުޗަރއަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރެޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ދަންނަވާ ކަމަށެވެ.
2017 ވަނަ އަހަރު ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް 2018 ވަނަ އަހަރަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނޭ ކަމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރު ފޯނާ ކަމަށް އެޑިއުކޭޝަންގެ އިއުލާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް